އަދުގެ ޚާއްސަ

މާދަރީބަސް

Print

ފޮތެއްގެ ތަޢާރަފު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް


ފަހުބަސް


ޝަކިލާ ޙާމިދު

މިފޮތަކީ ދިވެހި ބަހާބެހޭގޮތުން ފަތްތޫރައިގެ އެކިއެކި ޢަދަދު ތަކުގައި އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް ލިޔުއްވާފައިވާ ކުރުމަޒުމޫނުތަކެއް އެކުލަވާލައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒުން ތައްޔާރު ކޮށްފައިވާ ފޮތެކެވެ.

މިފޮތް ނެރުއްވާފައިވަނީ 11 ނޮވެމްބަރ 1989 ގައި މަލަސް 23 ވަނަ ޢަދަދުގެ ގޮތުގައެވެ. 72    ޞަފުޙާގެ މައްޗަށް އެކުލެވޭ މި ކުރުފޮތުގައި ދިވެހިބަހުން ތަފާތު ސުރުޚީތަކަށް ލިޔުއްވާފައިވާ 33 މަޒުމޫނު ހިމެނިފައިވެއެވެ.
Print

ސަޅި

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމް

"ސަޅި" މި ލަފުޒުގެ މާނައަކީ ކޮބައިތޯ އެވެ؟ ކުރިން މި ލަފުޒު ބޭނުންކުރަމުން އައި ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ، މީހެއްގެ ބޮޑާކަމުގެ ސިފަ ބަޔާންކުރުމަށް، ނުވަތަ މީހަކު ކަނޑާ ފޮންޏަށް ނިސްބަތްކޮށެވެ. ނަމަވެސް ފަހުން ފަހުން ރީތީގެ މާނައިގައި ވެސް މި ލަފުޒު ބޭނުންކުރާ އަޑު އައީ އިވެމުންނެވެ. އަދި މިހާރަކަށް އައިސް އެ ނޫން މާނަ މާނައިގައި ވެސް އެ ލަފުޒު ބޭނުންކުރާހެން އެބަ ހީވެއެވެ. ހީވެއޭ މި ދެންނެވީ ބައެއް ފަހަރު އެ ލަފުޒު އަޑު އިވުމުން، އެ ލަފުޒު އެ ބޭނުންކުރީ ކޮން މާނައެއްގައި ބާވައޭ އަޅުގަނޑު ހިތަށް އަރާތީއެވެ. ސަޅި ބޭނުންކޮށްފައި ހުރި ބައެއް ތަންތަން މިސާލުގެ ގޮތުގައި ދަންނަވައިލާނަމެވެ.
Print

ދިވެހި ބަހުގެ މައްޗަށް ޝައުޤުވެރިކަން އުފައްދާނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

                           
މޫސާ މާހިރު، ފުނަމާގެ / ހއ. އިހަވަންދޫ
               
 " ބަސްބަހީ މީހުންހަދާ  އެއްޗެއް ބަލަގަ  ނޫނޭ  ތެދޭ
      އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ  ހިންގަވާ
               
 މީހުންނަށް ވެވިދާނެ ކަމަކީ،  ހޯދުމޭ ދަސްކޮށް  މޮޅަށް
       ހީއެވެތިގެން އުނގެނި އުޅުމުން އޭގެ ހުރިތައް ޢިދުޤަވާ "
                                                
-ޙުސައިން ޞަލާޙުއްދީނު-
Print

ބަހަވީ ޢިލްމުގެ ތެރެއިން ކޯޕަރޭޓިވް ޕްރިންސިޕަލް

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް


ޝަކީލާ ޙާމިދު

ވާހަކަ ދެއްކުމުގައި ތަބަޢަވާންޖެހޭ މައިގަނޑު ހަތަރު ނުކުތާ

މާތްﷲ އިންސާނުން އަޝްރަފުލް މަޚޫލޫޤާތުންގެ ގޮތުގައި ލައްވައި އެބައިމީހުންވަނީ މާތްކުރައްވާފައެވެ. އެގޮތުން އެހެނިހެން ޖަނަވާރުންނާއި ޚިލާފަށް އިންސާނުންނަށްވަނީ ބަސްމޮށުންތެރިކަމުގެ ޚާއްޞަ ނިޢުމަތް ދެއްވާފައެވެ. އެކަމަށްޓަކައި އިންސާނުންގެ ސިކުނޑީގައިވަނީ ބަހުގެވަކިމަރުކަޒެއް ޤާއިމްކުރައްވާފައެވެ. މިދެންނެވި މަރުކަޒުގެ ޒަރީއާއިން އުފެއްދުންތެރި ކަމާއެކު އިންސާނުން އެބައިމީހުންގެ ބޭނުންތައް ބަހުގެޒަރީއާއިން ފުއްދައެވެ. ކަންމިހެންހުރި ކަމުގައިވިއަސް ބަހުގެބޭނުން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ބަސް ބޭނުންކުރުމުގައި ޝާމިލްވާ ފަރާތްތައް އެކަކުއަނެކަކަށް އެއްބާރުލައިގެންނެވެ. ވީމާ ބަސްބޭނުންކުރުމުގެ މަޤުޞަދު އެންމެފުރިހަމަ ގޮތުގައި ޙާޞިލްކުރުމަށްޓަކައި
Print

ރިޕޯޓުލިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – ލ.މާވަށް

ރިޕޯޓަކީ ކޮބާ؟

ރިޕޯޓަކީ ވަކި ޚާއްޞަ މަޤްޞަދެއް ނުވަތަ ބޭނުމެއް ނުވަތަ އެދުމަކަށްޓަކައި އެ ބޭނުންވާ ބަޔަކަށް މަޢުލޫމާތު ދީ މަގުދެއްކުމަށްޓަކައި ފަރުމާކުރެވިގެން ލިޔުމުން ހުށަހެޅޭ ހުށަހެޅުމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ރިޕޯޓަކީ މަޢުލޫމާތުން ސިފަ ގެނެސް ދީފައިވާ ލިޔުމެކެވެ. ރިޕޯޓުގެ ބޭނުމަކީ މަޢުލޫމާތުދިނުމެވެ. އެހެންނަމަވެސް ބައެއް ކަހަލަ ރިޕޯޓުތަކުގައި އެ ކިޔާ މީހާޔަށް ޔަޤީން ކަމާއި ޝައުޤުވެރިކަން ހޯދައިދިނުމަށްޓަކައި ހުށަހެޅުންތަކާއި ފެންނަގޮތާއި ހެތްކާއި ޤަރީނާތައް ވެސް ހިމަނާފައި ހުރެއެވެ. އެހެންވީމާ ރިޕޯޓަކީ ވަކި ޚާއްޞަ ކަމަކާއި ނުވަތަ ވަކި އެއްޗަކާއި، މައްސަލައަކާގުޅޭ ގޮތުން މަޢުލޫމާތު އެއްކޮށްގެން ތައްޔާރުކުރާ ބަޔާނެކެވެ. މިލިޔުމަކީ އެކަމެއް ހިނގި ގޮތް ނުވަތަ އެކަމެއް އޮތްގޮތްކަމުގައި ވާންޖެހޭނެއެވެ. ޙަޤީޤަތަކީ ކޮބައިކަން ސާފުކޮށްދޭންވާނެއެވެ. ޞައްޙަ ނޫން މަޢުލޫމާތާއި ދޮގު ވާހަކަތައް ރިޕޯޓެއްގައި ހުރެގެން ނުވާނެއެވެ. ކުރުކޮށް ދަންނަވާނަމަ ރިޕޯޓަކީ އެ ރިޕޯޓު ބޭނުންވާ ފަރާތަށް ނުވަތަ އަމާޒުކުރެވޭ ފަރާތަށް ބޭނުންވާނެ ބޭނުންތެރި އިތުބާރު ހިފޭ ތެދު މަޢުލޫމާތުތަކެއް ސީދާ ސާދާ ޞަރީޙަ ބަހުން ބަޔާންކޮށްދޭ ލިޔުމެކެވެ. ރިޕޯޓަކީ ވަރަށް ކުރު (އެންމެ ޞަފުޙާއެއްގެ) ކުރު ލިޔުމަކަށް ވެސް ވެދާނެއެވެ. އަދި އެއީ (އެތައް ސަތޭކަ ޞަފުޙާއެއް އެކުލެވޭ) ދިގު އެއްޗަކަށްވެސް ވެދާނެއެވެ.
Print

ދިވެހިބަހުގެ އަސްލާއި މެދު (ފަހުބައި)

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް



ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ޗާޓް:4
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


ވިލްހެލްމު ގައިގަރ (1919) އާއި ވިޖޭސުންދަރާއާއި އޭނާގެޓީމު (1988) ވިދާޅުވަނީ ސާންސްކުރިތު ބަހުން ޕްރޯޓޯ ދިވެހި ސިންހަޅަ އުފެދި، ސިންހަޅަބަހުން ދިވެހިބަސް އުފެދުނީ ކަމުގައެވެ.
Print

ދިވެހިބަހުގެ އަސްލާއި މެދު (ދެވަނަބައި)

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް


ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ބަހުގެ ގުރޫޕު ނުވަތަ ޢާއިލާ

 

ބަހުގެ އަސްލަކީ ކޮބައިތޯ ބަލަމުންދާއިރު  ބަހުގެ ގްރޫޕް ނުވަތަ އާއިލާ އުފެދިފައިވާ ގޮތާއި، ސަރަޙައްދަށްވެސް ބަލާލަންޖެހެއެވެ. ފެންނަންހުރި ހެކިތަކަށް ބަލާއިރުބަހާބެހޭ ގިނަމާހިރުން ދިވެހިބަސް ހިމަނުއްވާފައިވަނީ އިންޑޯ އާރިޔަން ގުރޫޕުގެ ބަސްތަކުގެ ތެރޭގައި ކަން ފާހަގަކުރެވެއެވެ. މިބަހުގެ މަތިކޮޅުގައި އެންމެޒަމާންވީ ބަހަކީ ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަސްކަމުގައި ނަސީމާ މުޙައްމަދު (1998) ޙުސައިން ރަޝީދު އަޙުމަދާއި (2003) އަދުނާނު ޙުސައިންއާއި (1987) ސޮންޔާ ފްރިޓްޒް (2002) ހާމަކުރައްވައެވެ. ތިރީގައިމިވަނީ
Print

''ފުޅު'' އާއި ''ކޮޅު''

ޝާޢިއުކުރީ އިބްރާހީމް ޝިހާބު . ހިމެނޭބަޔަކީ މާދަރީބަސް


އަލްއުސްތާޛުލް މަރްޙޫމު އިބްރާހީމް ޝިހާބު

1979ވަނަ އަހަރު ނޮވެމްބަރު މަހުގެ ''ފަތްތޫރަ'' ގައި އަޅުގަނޑުގެ އެކުވެރި އަލްފާޟިލް ޢަލީ އަޙަމަދު ލިޔުއްވާފައިވާ މަޟްމޫނަކީ، ވަރަށް މުހިންމު މައުޟޫޢަކަށް ލިޔުއްވާފައިވާ ވާހަކަ ތަކެކެވެ. އެއީ، ''ކޮޅު'' މުޅީން ނައްތާލައި ''ފުޅު'' މަދުކުރުމުގެ ވާހަކަ އެވެ.

އެ މަޟުމޫނުގައި އަޅުގަނޑު އެއްބަސްވާ ކަންތައްތަކަކާއި، ޚިޔާލު ތަފާތުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ފުޅާއި ކޮޅު ރާއްޖޭގެ ބަހުގައި ފެށިފައިވަނީ ހަމައެކަނި، ނަސްލީ އިމްތިޔާޒެއްގެ ގޮތުންކަމަކަށް އަޅުގަނޑަކަށް އަދި ގަބޫލެއް ނުކުރެވެ އެވެ. އެކަން ފެށުނީ އެގޮތުންކަމުގައި ދިވެހިބަހުގެ ތާރީޚުން ހެކި ލިބޭތޯ އަޅުގަނޑުވެސް އެބަ މަސައްކަތް ކުރަމެވެ. ވީމާ އެ ގޮތް ޘާބިތުވާ ދުވަހަކުން އަލްފާޟިލް ޢަލީ އަޙްމަދުގެ އެވާހަކައަށް އަޅުގަނޑު ތާއީދު ނުކުރާކަށް ނެތީމެވެ. މިހެން މި ދެންނެވީ ދިވެހި ރާއްޖޭގައި، ޠަބަޤާތުގެ ތަފާތު (ޢަމުދުން އިހުޒަމާނުގައި) އެ ދަރަޖައަށް ނެތް ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ބާރު ވަރަށް ގިނަ ފަހަރަށް، މާލޭގެ ކޮއިލުތެރެއަށް ފޯރާފައިވަނީ ރާއްޖެތެރޭންކަން ހަނދާކުރުމާއި އެކުގަ އެވެ.
Print

ތިކި ނުޖަހާ އިނގިރޭސި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


                         
އާދަމް ނަޞީރު އިބްރާހީމް (2009)

ތާނައިގެ ބައެއް އަކުރު ތަކުގައި ތިކި ޖެހުމަކީ، ދިވެހި ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އޭގެ ސަބަބުން، ދިވެހި ބަސް ދިވެހި ވުމަށް އޮންނަ ފުރުޞަތު ގެއްލެއެވެ. ބޭރު އެހެން ބަހެއްގެ ނުފޫޒުގެ ތެރޭގައި ދިވެހި ބަސް ހަފުސްވަނީ އެވެ. އަމިއްލަ ދިވެހި އަޑުތައް މުޅިން ނެތިދަނީ އެވެ. އެހެންވީމާ އަޅުގަނޑުމެން މި ނުކުތާއާ މެދު ވިސްނަންވެއްޖެ އެވެ. ދިވެހި ބަހަށް ލިބޭ ކޮންމެ ގެއްލުމަކުން މި ބަސް ސަލާމަތް ކުރަންވާނެ އެވެ.
Print

ތިކިޖެހި ތާނަ ބޭނުން ނުކުރުމާމެދު އަޅުގަނޑު ދެކޭގޮތް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ނަޢީމު އިބްރާހީމް

އަޅުގަނޑު ލިޔުނު ވެބްސައިޓް ތަކަށް ޚަބަރު ލިޔުމާ ބެހޭ މަޒްމޫނަށް ބޭފުޅަކު ފޮނުއްވި ޚިޔާލެއްގައި އަޅުގަނޑާ ސުވާލެއް ކުރައްވާފައި އޮތެވެ. އެއީ ތިކި ތާނަ ބޭނުން ނުކުރުމާ ބެހޭގޮތުން އަޅުގަނޑު ދެކޭ ގޮތަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އެއީ ދިވެހި ބަހުގެ ޤަވާޢިދާ ޚިލާފުވުން ކަމަށް އަޅުގަނޑު ދެކެމޭ ދެންނެވުމެވެ.

ތިކިޖެހި ތާނައިގެ ބޭނުން ނުކުރަން ބައެއް މީހުން ދައްކާ ވާހަކަ އަޅުގަނޑު އަހަމެވެ. އޭގެ ތެރެއިން އެންމެ ޢާއްމު ވާހަކައަކީ ތިކި ޖަހައިގެން ލިޔުނު ކަމުގައި ވިޔަސް އެ މަޚްރަޖުން، އެބަހެއް ނުކިޔާ ވާހަކައެވެ. މިސާލަކަށް ބަޠަލު މިހެން އަޅުގަނޑުމެން ލިޔުނަސް، ކިޔާމީހުން "ޠ" ކިޔަނީ "ތ" އަކަށެވެ. އެހެންވީމާ ބަޠަލު ބަދަލުވެގެން ދަނީ ބަތަލަށެވެ.
Print

ނުބައިމީހެއްގެ ސައިކަލު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

                   
އާދަމް ނަޞީރު އިބްރާހީމް (2009)

ޖަމީލާއި އަޙުމަދަކީ، ކޮންމެ ދުވަހަކު ވެސް އެކީގައި ކޮންމެވެސް ތާކަށް ސައިބޯންދާ ދެމީހުންނެވެ. އަޙްމަދަކީ، ސައިކަލު ދުއްވަން ދަންނަމިހެއް ނޫނެވެ. ސައިކަލު ދުއްވަން ދަންނަނީ، ޖަމީލެވެ.  ސަޔަށްދަނީ، ދެމީހުން އެއްސައިކަލެއްގަ އެވެ.

މި ދެ އެކުވެރިންގެ ސައިމޭޒަކީ، ދުނިޔޭގައި ލައިހެއްދެވިހައި ވާހަކަ އެއްގެ މަޖިލީހެކެވެ. ހިނގަމުންދާ ކަންކަމާއި ހިނގާފައިވާ ކަންކަމެވެ. އަމިއްލަ ވާހަކައާއި، އެހެންމީހުންގެ ވާހަކަ އެވެ. ގައުމުގެ ވާހަކައާއި، ދުނިޔޭގެ ވާހަކަ އެވެ. ނަމަވެސް ޖަމީލު މާ ޝައުޤުވެރިވާ މައުޟޫޢަކަށް ނުވާތީ، ބަހުގެ ހަމައިގެ ވާހަކަ އަކީ، މި މޭޒާ އެހާ ރައްޓެރި ވާހަކައެއް ނޫނެވެ.  އެހެން ނޫންނަމަ އަޙްމަދު ވަރަށް ގިނައިން އެ ފިތަށް ވެސް އޮބާލީހެވެ.
Print

މިއީ ހަމަ އިއްތިފާޤެކެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ މާދަރީބަސް


 އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ

ދިވެހި ބަހުގައި ނޯށަށް އަރުވާ ކިޔާތަންތަން ލިޔުމުގައި ފާހަގަކުރުމަށް ބޭނުން ކުރަނީ " ހުސްނޫނު " (ނ) އެވެ. ދިވެހި ބަހުގެ ޤަވާއިދު ބުނާގޮތުން މި ހުސްނޫނު ބޭނުން ކުރެވެނީ " ބާގޮދަޑި" މިއިން އަކުރެއްގެ ކުރީގައެވެ. މިސާލަކަށް އަނބު، އަނގަ، ބަނދި، ނޫނީ ދަނޑި މިގޮތަށެވެ. ދިވެހި ޢާއްމު ބަހުގައި މިކަން އޮތީ މިގޮތަށެވެ.

ދެން ނިކަން ރާއްޖޭގެ އެންމެ ދެކުނުން  އައްޑޫ ބަހަށް ބަލަމާ ހިނގާށެވެ. ރަނގަޅަށް ނަޒަރު ހިންގައި ބަލައިލާއިރު ސީދާ އެބަހު ގައި ހުސްނޫނު ހިމެނޭ ބައެއް ބަސް ބަހަކީ ސީދާ ދިވެހިބަހުން ހުސް ނޫނު  ނުހިމެނޭ ބަސްބަހެވެ. އަދި ހަމަ އެހެންމެ ދިވެހި ޢާއްމު ބަހުގައި ހުސްނޫނު ހިމެނޭ ގިނަ ބަސްތަކެއްގައި އައްޑޫ މީހުން ހުސްނޫނު ބޭނުން ނުކުރެއެވެ. މީގެ ޙަޤީގަތަށް ބަލާއިރު އައްޑޫ މީހުން ބޭނުން ކޮށްފައި މިހުންނަނީ އެމީހުންގެ އަމިއްލަ އުފެއްދުންތަކެވެ. ދެބަހަށް ބެއްޔަސް ފާހަގަވަނީ އެއްބަޔަކު ހުސްނޫނު ބޭނުން ކުރާ ބައެއް ބަހުގައި އަނެއް ބަހު ން ހަމަ އެބަހުގައި ބޭނުން ނުކުރާކަމެވެ.
Print

އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- މާވަށް


ސާންސްކިރިތު ބަހުގެ ޕްރާކިރިތަކުން އުފެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ދިވެހިބަސް ވަކި ބަހެއްގެ ގޮތުގައި ބޭނުންކުރެވެމުން އަންނަތާ މަދުވެގެން 2500 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ސާބިތުވެއެވެ. އެހާ ހިސާބުއްސުރެ އަދިއަދަށް ދާނދެން ދިވެހިބަސް މި އަންނަނީ ތަރައްޤީވެ ކުރިއަރަމުންނެވެ. މި ޖީލާ ހަމައަށް ދިވެހިބަސް އައިއިރު ދިވެހިބަހަކީ ހަރުދަނާ ހަމަތަކާތަކާއި އުޞޫލުތަކެއްގެ މަތީގައި ޤާއިމުވެފައިވާ ހަރުދަނާ ބަހެއްކަމުގައި ޤަބޫލުކުރެވެއެވެ. އެއީ ދިވެހި ކާބަފައިން ދިވެހިބަހަށް ދިން ޚާއްޞަ ސަމާލުކަމެއްގެ ސަބަބުންނެވެ. މިއަދާ ހަމަޔަށް ދިވެހި ބަސް ދެމިގެން މިއައީ ދިވެހިބަސް ޙިމާޔަތްތެރިކޮށް ކުރިއެރުވުމަށް ދިވެހިން ކުރި އިޚުލާޞްތެރި މަސައްކަތްތަކެއްގެ ސަބަބުން ކަމާމެދަކު ޝައްކެއް ނެތެވެ. ދިވެހިބަސް އެ ބަހުގެ ހަރުދަނާ ހަމަތަކާއި އުޞޫލުތަކުގެ މަތީގައި އަމާނާތްތެރިކަމާއެކު މި ޖީލާ ހަމަޔަށް ފޯރުކޮށްދިން ފަދައިން އަންނަން އޮތް ޖީލުތަކަށްވެސް އަމާނާތްތެރިކަމާއެކު މި ފޮނިފޮނި ދިވެހިބަސް ރައްދުކޮށްދިނުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ވާޖިބެކެވެ.
Print

ދިވެހިބަހުގެ އަސްލާއި މެދު...

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް



ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ފުރަތަމަބައި | ދެވަނަބައި | ފަހުބައި

ބަސް 


ބަހަކީކޮބައިހެއްޔެވެ؟ މިއީ ޢިލްމުވެރިންގެ މެދުގައި އުފެދޭ ސުވާލެކެވެ. ބަހަކީކޮބައިކަމާއި، އޭގެމާނަޔާއި މެދުގައެވެ. ކޮންމެއަކަސް ދިވެހިބަހުގައި "ބަސް" މިލަފުޒު ނުވަ މާނައެއްގައި ބޭނުން ކުރެވެއެވެ. އޭގެތެރެއިން މިމަޒުމޫނުގައި ވާހަކަދައްކަން މިއުޅޭ ބަހަކީ ދިވެހިބަސްފޮތް (2008) ގައިބުނާ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެއް އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކި ހަމަތަކެއްގެ މަތިން ފާޅުކުރާ ކުރުމަށެވެ. ތިރީގައި މިވަނީ ބަހާއިމެދު ތަފާތު ބޭބޭފުޅުން ވިދާޅުވެފައިވާ ވިދާޅުވުންތަކެވެ.
Print

އައިބައިފިލި: ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އައިބައިފިއްޔަކީ ވަކިވަކި ދެފިއްޔެއް ނޫނެވެ. އެއީ ވަކި ގޮތަކަށް އަދާކުރާންޖެހޭ އެއް ފިއްޔެވެ.

 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަހުގައި އޮންނަ އައިބައިފިއްޔަކީ ވަރަށް މުހިއްމު ފިއްޔެކެވެ. އެ ފިލި ލިޔެކިޔައި ހަދާ ގޮތް އަޅުގަނޑުމެންނަށް ނޭނގޭނަމަ ބަހުގެ މުއްސަނދިކަމުގެ ބައެއް އުނިވެގެންދާ ވަރަށް ޚާއްޞަ ފިއްޔެކެވެ. އަދި އައިބައިފިއްޔާއި އާބާފިލި އޮޅުވައިލައިފިނަމަ ޖުމުލައިން ދޭހަވާ މާނަ ބަދަލުވެދާނެ ފިއްޔެއްވެސްމެއެވެ. އެހެންވީމާ އައިބައިފިލީގެ ހަރުދަނާ ހަމަތައް އުނގެނި ދަސްކޮށް، އެ ހަމައިގެ މަތީގައި ލިޔެކިޔުންތައް ބައްޓަންކުރުމަކީ ދިވެހިބަހަށް ލޯބިކުރާ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުކަމެއްކަން ކަށަވަރެވެ.
Print

ނާޤާބިލްކަމުގެ ނިޝާނެކެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ފެޝަނެއް ނޫނެވެ.
އެއީ އެ މީހެއްގެ ނާޤާބިލުކަމުގެ ނިޝާނެކެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ތެދެކެވެ. ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަސް ހަލާކުކުރުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ.
Print

ޖުމުލައިގެ މާނަ

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު

"ބަސް" މި ލަފުޒަކީ ދިހަ ވަރަކަށް މާނަ އޮންނަ ލަފުޒެކެވެ.  ޢާއްމުކޮށް ބޭނުން ކުރާ މާނަތަކުގެ ތެރެއިން އެއް މާނައަކީ ބަހުރުވައެވެ. ނުވަތަ "ލޭންގްވިޖް"އެވެ. ބައެއްގެ ތެރޭގައި އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ނުވަތަ މުއާޞަލާތު ކުރުމަށް ބޭނުން ކުރާ އަޑުތަކާއި އެ އަޑުތައް އެކުލަވާލާ އުޞޫލުތަކާއި ގޮތްތަކެވެ. އަނެއް މާނައަކީ ލަފުޒެވެ. އާދެ! އިނގރޭސި ބަހުންނަމަ "ޥާރޑް" އެވެ. މާނައެއް ދޭހަވާ އެންމެ ކުރު އަޑެވެ. މި ދެ މާނައިގައި "ބަސް" ބޭނުން ކުރުމުން ބައެއް ފަހަރު އޮޅޭ ގޮތް ވެއެވެ. ލަފުޒުން މާނަ ކުރަނީ ބަހުރުވައަށް ކަމެއް ނުވަތަ ލަފުޒަށް  ކަމެއް ނޭނގޭ ގޮތް ވެއެވެ. މި ސަބަބާ ހެދި، މަތީ ތަޢުލީމުދޭ ތަންތަނުގައި ވަކި މާނައެއް ދޭހަވާ އެންމެ ކުރު އަޑަށް މިހާރަކަށް އައިސް "ލަފުޒު" ބޭނުން ކުރަން ފަށައިފިއެވެ.
Print

މިޞްރުގެ ޤަދީމީ ޙަޟާރަތުގެ ތެރެއިން ހީރޮގްލެފިކްސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އިބްރާހީމް އަޙްމަދު

ބައެއްގެ ހިތުގައި ޤައުމިއްޔަތުގެ ޝުޢޫރު އާލާކޮށް ދިރުވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އެބައެއްގެ އަމިއްލަ ބަހެވެ. އެހެނީ ބަހަކީ އުއްމަތުގެ ފިކުރު އެއިން އުފައްދާ ބޮޑުކޮށްދޭ ކަންވާރު ކަމުގައިވާތީއެވެ. އަދި އޭގެ ޒަރީޢާއިން އެއުއްމަތެއްގެ ބަޔަކަށް އެބަޔެއްގެ އުއްމީދުތަކާއި ވޭންތަކާއި ވޭތިވެދިޔަ ތަނާއި ކުރިމަގާއި މިއަދުގެ ޙާލަތު  ގުޅިފައިވާ ގޮތެއްގައި  ބަޔާންކުރަން ފަސޭހަވާނެތީއެވެ. އަދި އޭގެ ޒަރީޢާއިން އެބައިމީހުންގެ މެދުގައި އެޚިޔާލުތައް ދެނެގަތުން ފަސޭހަވާނެތީއެވެ. އަދި އުއްމަތުގެ ތަރިކަ ތަފާތު ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭ ހަތިޔާރަކީވެސް މިއީ ކަމުގައި ވާތީއެވެ. އަދި ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކުގެ ދަރިންނަށް އެބައިމީހުންގެ ކާބަފައިން ދޫކޮށްފައިދިޔަ ފިކުރުތަކާއި ތަރިކަތައް އޮޅުން ފިލާނެތީއެވެ.
Print

އަޅުގަނޑުމެންގެ ބަސް -–އަޅުގަނޑުމެންގެ މޫނު

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު


މިއަދަކީ ދިވެހީންގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަހަކީ ޤައުމުގެ ކަންތައްތަކާ މެދު ވިސްނައި ފިކުރުކޮށް، ޤައުމީ މަޞްލަޙަތުތަކާއި، ތަރިކަތަކާއި، އަގުތައް، ރައްކައުތެރިކުރުމަށް އައު ޢަޒުމެއް ކަނޑައަޅާންޖެހޭ ދުވަހެކެވެ. ޤައުމުވަންތަކަން އޭގެ މަތީގައި ބިނާވެފައިވާ ބައިތައް، އޭގެ ދުޅަހެޔޮަކަންމަތީގައި ދެމެހެއްޓުމަށް އައު ހިތްވަރަކާއެކު މަސައްކަތް ފަށާންވީ ދުވަހެކެވެ. ޤައުމީދުވަހު ޤައުމުގެ ކަންތައްތައްތަކާ މެދު ޚިޔާލުކުރާ އިރު، އަބަދުވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ ޤައުމީ އެއްބައިވަންތަކަމަށާއި އެކުވެރިކަމުގެ މައްޗަށް ކަމާ މެދަކު ޝައްކެއްނެތެވެ. އެހެނީ ޤައުމެއް ޤައުމަކަށް ވަނީ އެ ޤައުމެއްގެ އަހުލުވެރީންނަކީ ޤައުމީ އެއް ސިފަތަކެއް ހިއްސާކުރާ ބަޔަކަށް ވެގެންނެވެ.
Print

ޖަދަލުކުރުމާއި ބަހުސްކުރުމުގެ ތަފާތު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސްފޮތުން ގަނޑެއް:

 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެން ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ބޭނުންކުރާ ލަފުޒުތަކުގެ މާނައަކީ ދިވެހިބަހުން އެލަފުޒުގެ މާނައެވެ. ދިވެހިބަހުގެ ލަފުޒެއް ކިޔާ ގޮތަށް އެހެން ބަހަކުން ލަފުޒެއް ކިޔަސް އަދި އެ ލަފުޒެއްގެ މާނަ އެހެން ބަހަކުން އެހެން ގޮތަކަށް އޮތަސް އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ނޫނެވެ. މިސާލަކަށް "މަކާން" މި ލަފުޒަކީ މެލޭ ބަހުގައި ކެއުމަށް ބޭނުންކުރާ ލަފުޒެއް ކަމަށް ވިޔަސް ޢަރަބި ބަހުގައި مَكَان ގެ މާނައަކީ ތަންތަނެވެ. ނުވަތަ ދިރިއުޅޭގެޔެވެ. ނުވަތަ މިފަދަ އެހެން މާނައެކެވެ. ކޮންމެއަކަސް ކެއުމުގެ މާނައިގައި مَكَان މި ލަފުޒު ޢަރަބިބަހުގައި ބޭނުންކުރާކަމަކަށް އެބަސް ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ. ދިވެހިބަހުން "މަނާ"ގެ މާނައަކީ "ހުއްދަނެތުން"ކަމަށް ވިޔަސް މެލޭބަހުގައި އެއީ ސުވާލުގެ ލަފުޒެއް (ކޮންތާކަށް) ކަމަށް މެލޭބަސް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ