ފަންވަތް
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކްރިސްޓިއަން ދީނާއި ކަނޑި (13) ޕްރިންޓް އީމެއިލް
ދީން - ދިރާސާ
21 މެއި 2012، 10:53 ހޯމަ

އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ޞަލާޙުއްދީން ޤުދުސް ފަތަޙަކުރެއްވުން
 
ޞަލާޙުއްދީނުލް އައްޔޫބީ ޤުދުސް މިނިވަން ކުރެއްވުމުގެ މަޝްހޫރު މަޢުރިކާ ފެއްޓެވި އިރު ޤުދުސްގައި ތިބި ޞަލީބީން ހަނގުރާމަވެރިންގެ ލީޑަރަކަށް ހުރީ ބެލިއާން އެވެ ކިޔުނު ފަރަންގީއެކެވެ. ޞަލާޙުއްދީނުގެ ލަޝްކަރު ޝަހަރު ޙިޞާރުކޮށް ދިން ޙަމަލަތަކުން ޝަހަރުގެ ބުރުޖުތައް ހަލާކުވެ، ޝަހަރު ދެންދެން ފަތަޙަވެދާ ހިސާބަށް ދިޔުމުން، ބެލިއާން ޞަލާޙުއްދީނުގެ އަރިއަހަށް އައެވެ. އަދި މުޅި ޝަހަރުގެ އެންމެންނަށް ޢަފޫޢާއްމެއް ދެއްވުން އެދި ދަންނަވައި، އެ ގޮތް މައްޗަށް ޝަހަރު ދޫކޮށްލައިފާނެ ވާހަކަ ވެސް ދެންނެވިއެވެ.
 
ފިޠުރަތުގެ ދީން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
18 މެއި 2012، 00:15 ހުކުރު
 
ޢަބްދުﷲ ނަޢީމު އިބްރާހީމް


ކަނޑުގައި ދަތުރުކުރާ މީހާ، އޭނާ އެއްގަމުގައި ދަތުރުކުރާ ގޮތަށް ގޮސް ކަނޑަކަށް އެރިއެއް ނުގަނެއެވެ. އޭނާ ދަތުރުކުރަނީ ކަނޑު ދަތުރު ކުރާ އުޅަނދެއްގައެވެ.

މިގޮތަށް ޢަމަލު ކުރާ މީހާ ނޭނގި ނަމަވެސް ތިމަން މި އުޅެނީ އަމިއްލަ ބާރު ފޯރާ ތަނެއްގައި ނޫންކަމާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ދުނިޔެ އެއްގައި ކަމަށް އިޢުތިރާފު ވަނީއެވެ. މި ދުނިޔޭގައި ހިނގާނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނުތަކެއް ކަމަށް އެއްބަސް ވަނީއެވެ.
 
ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟ ޕްރިންޓް އީމެއިލް
ދިވެހި - ތާރީޚް
16 މެއި 2012، 10:48 ބުދަ

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟

އިޔާޒު ނަސީމް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. ތާރީހުގެ މި މުހިއްމު ބާބަށް ބަލާލާއިރު، ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ވަނީ ހިލާފު އުފެދިފައެވެ. މި ކަމުގައި ބުރަ ވާން ވީ ކޮން ކޮޅަކަށް ހެއްޔެވެ؟ މި ކަމާ މެދު ސުވާލު ކުރައްވަމުން، މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ލިޔުއްވާފައި ވަނީ [ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި
 
ކްރިސްޓިއަން ދީނާއި ކަނޑި (12) ޕްރިންޓް އީމެއިލް
ދީން - ދިރާސާ
16 މެއި 2012، 00:03 ބުދަ

އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ހަވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 2


ޞަލީބީން ފަލަސްޠީނަށް އައިސް، މުސްލިމުންގެ އަތުން ޤުދުސް ނުވަތަ ޖެރޫސަލަމް އަތުލައިގަތް އިރު އެތަނުގައި ހިންގި ޤަތުލުޢާއްމާ ބެހޭ ޚުލާސާ ބަޔާނެއް މި ދިޔަ ބާބުގައި ވާނީ ގެނެސްދެވިފައެވެ. އެ ބަޔާނުގައި ދަންނަވާފައި ވާނޭ ފަދައިން ޤުދުސް އަތުލައިގަތުމުގެ ތެރޭގައި ޞަލީބީން ދައްކައިފައި ވާ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމަކީ ތާރީޚުގެ ސަފުހާތަކުގެ ތެރެއިން މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އެ ނުބައި ޤަތުލުޢާއްމު ހިންގާފައި ވަނީ
 
ހުވަފެން ހަނދާން ބަހައްޓާނީ ކިހިނެތް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
15 މެއި 2012، 00:39 އަންގާރަ

އަޙްމަދު ޝާހީން


އިނގިރޭސިބަހުން "ޑްރީމް" އަކީ ހުވަފެނެވެ. ހުވަފެން ފެންނަނީ ކީއްވެހެއްޔެވެ؟ މިއީ  ޖަވާބުދެވިފައިނުވާ ސުވާލެކެވެ. މިލިޔުމުގައި މިހިމަނާލަނީ ސްލީޕް އެކްސްޕާޓެއް ކަމަށްވާ ކޭސްޕާ ޕޮސްޓަވުސްކީ ގެ ފޮތްކަމަށްވާ "Vivid Dreams- unlocking shadow memories " މިފޮތުގައި ކޭސްޕާ ގެނެސްދީފައިވާ ހުވަފެން އިއްޔެވީ ކަމެއްހެން ހަނދާން ބަހައްޓާނެ އުކުޅުތަކެއް ނުވަތަ ޓެކްނިކް ތަކެކެވެ. މިއީ އެހާ އުނދަގޫ ކަމެއްނޫނެވެ.

ރޭގައި ފެނުން ހުވަފެން ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ ކުރީރޭ ފެނުން ހުވަފެން ހަނދާނުގައި އެބަހުރި ހެއްޔެވެ؟ އާންމުކޮށް ހަނދާނެއް ނުހުންނާނެއެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްކުރިން ނިދާހޭލާފައި މިލިޔުން ކިޔާނަމަ ފަހަރެއްގައި ދެންމެ ފެނުން ހުވަފެން ހަނދާނުގައި ހުރެދާނެއެވެ. އަޅެވިސްނާލަބަލާށެވެ.
 
ސާދަ ވިލޭރޭ (11) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
14 މެއި 2012، 00:46 ހޯމަ

ބިންމާ އިބްރާހިމް ވަހީދު

                                                                (21 ނޮވެމްބަރ 2011 ގުޅޭ)
"ޝޮކެއް ލިބިފައޭ މިހިރީ!" ހިތްހަމަނުޖެހިފައި ސައީދަ ބުންޏެވެ. "ބަނޑުބޮޑުވީތީ. ވެގެން ނުވާނެއްނު."

"އަނެއްކާ ވެސް ބުނީއޭ." ހައިރާންވެފައި މޫސަ ބުންޏެވެ. "ކީއްވެގެންހޭ ވެގެން ނުވާނީ."
އެ ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ސައީދާ ހުއްޓުނެވެ. އަނގަ ހުޅުވައިލި އެވެ. އެކަމަކު، އެއްވެސް ބަހެއް ބޭރެއްނުވި އެވެ. ސައީދާ ބުނާ އެއްޗެއްގެ ސަބަބުން ދެން ނުކުންނާނެ މައްސަލަ މާ ބޮޑުވާނެކަން ސައީދާ އަށް އެނގެ އެވެ.

"އަޅާނުލާ" ސައީދާ ބުންޏެވެ.
 
މިސްކިތުން ފައިވާން ގެއްލުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
13 މެއި 2012، 17:42 އާދީއްތަ

ޢަބްދުﷲ ނަޢީމު އިބްރާހީމް    


މިސްކިތުން ފައިވާން ގެއްލުމަކީ ރާއްޖޭގައި ވަރަށް ޢާންމު ކަމެކެވެ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމުގައި ވިޔަސް ކަންތައްތައް އޮތީ މިހެންނެވެ. ފައިވާން ގެއްލުމަކީ ފަރުވާއެއް ހޯދަން ޖެހިފައި އޮތް ބައްޔެކެވެ.
    
ފައިވާން ގެއްލޭތީ އެކި މީހުން އަޅަނީ އެކި ފިޔަވަޅެވެ. ބައެއް މީހުން ފައިވާނުގައި ނަން ޖަހައިގެން ގެންގުޅެއެވެ. އެއީ ވައްކަން ކުރުން ހުއްޓުވޭނޭ ކަމެއް ނޫނެވެ. ނަން ޖަހާފައި އޮތަސް ވަގަށް ނަގާ މީހަކު ބަލައެއް ނުލައެވެ. އަނެއް ކޮޅުން
 
ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
އެނގޭތަ - އެނގޭތަ
12 މެއި 2012، 16:21 ހޮނިހިރު

އަޙްމަދު ޝާހީން
 
ސައިމާ ނުވަތަ "ހައިބިސްކަސް" އަކީ ދިވެހިންނަށް އައު މަލަކަށް ނުވާނެއެވެ. ސައިމަލަކީ އޭގައި ވަރަށް ގިނަބާވަތްތަކެއް ހިމެނޭ މަލެއްމެއެވެ. ސައިމަލަށް ސައިމާ ކިޔުނީ ކިހިނެއްވެގެންތޯ ބަލާލަމާ ހިނގާށެވެ. "ސައި" މިބަހަކީ އިނގިރޭސި ބަހުން "ޓީ" ގެ މާނައިގައި ބޭނުންކުރެވޭ ބަހެކެވެ. އަޑުއިވިފައި ނެތަސް ހަގީގަތަކީ "ހައިބިސްކަސް ޓީ" އަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބުއިމަކަށް ބޭނުންކުރާ އެއްޗެއްކަމެވެ.

ސައިމާ ސަޔަކީ ދުނިޔޭގެ ކަންކޮޅުތަކުގައި، ފިނިކޮށް އަދި ހޫނުކޮށްވެސް
 


ސަފްހާ 1 ގެ 256
ފިޠުރަތުގެ ދީން
ވަރަށް އިބްރަތްތެރި ލިޔުމެއް. ނަޢީމަކީ ވަރަށް މޮޅު ލިޔުންތައް ގެނެސްދެއްވާ އަޅުގަނޑުގެ އެންމެ މަޤުބޫލު އެއ...
ސާދަ ވިލޭރޭ (11)
އަނެއްކާވެސް ވަކިހިސާބަކުން މިވާހަކަ ހުއްޓާ ނުލިއްޔާ ވެދާނެ، މިހެންވާތީއޭ ވާހަކަ ކިޔަންވެސް ފޫހިވަނީ،
ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟
މިލިޔުމުން އަޅުގަނޑަށް ފާހަގަކުރެވުނީ "ހުށްޓެވެ" މި ޖުމްލަ ލިޔާއިރު "ށ" ގައި ސުކުން ކޮށްފައިވާކަމެވެ. އަޅުގަ...
އާޔަތަކާއި ފޮޓޯއެއް: ހިނިތަކުގެ އެހީތެރިކަން
ސުބުހާނަ ﷲ
ސާދަ ވިލޭރޭ (11)
kalo haada xamaaneh kohlaafa thi upload kuree
ބޭރުފައިސާ (އޮންލައިންކޮށް ގަނެ ވިއްކައިގެން ފައިދާ) ...
"އިހްސާން" އަރޓިކަލް ލިޔުނު ބޭފުޅާއަށް ކޮމެންޓް ކޮށްލައްވާ! ހީވެސް ނުކުރާފަދަ އެހީތެރިކަމެއް ލިބިވަޑައިގަނ...
ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...
ރާއްޖޭގައި މިހުންނަ ސައިމަލުންވެސް ތި ސައި ހެދޭނެބާ؟ އެހެންކަމަށްވާނަމަ ސައި ހަދާނެ ގޮތުގެ އިތުރު ތަފުސީލܮ..
ހުވަފެން ހަނދާން ބަހައްޓާނީ ކިހިނެތް؟
one day ti tried this. that was 3 years back. my keywords were sun, midnight, musical chairs, beach, unknown neighbor, doctor poison, my childhood
ރަށްފުށުގެ ދިރިއުޅުން (12)
ހުވާ ކޮއްފާބުނަން މީމަކީ އެންމެ ރީތިވާހައެވެ. މިކަހަލަ އަދަބީ ރީތި ވާހަކަތަށް ވަރަށް ކިޔާހިތުން ހުރިކަން އܮ..
ބަރަބޯ ބޯކިބަލާއި ބޯތަށި
ނާޖިޙުގެ ކޮމެންޓުގައި މަލިކާއި އައްޑޫގެ މެދަށް ފުވައްމުލައް އިތުރުކޮށްލެއްވުން އެދެމެވެ. ފުވައްމުލަކުގަ ވ...
ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...
ތިއިން ތައްޓެއް ބޯލާ ހިތްވެއްޖެ... ވަރަށް މައޫލޫމާތު ގެ ގޮތުން މުއްސަނދި ލިޔުމެއް...
ބޭރުފައިސާ (އޮންލައިންކޮށް ގަނެ ވިއްކައިގެން ފައިދާ) ...
ރަޖިސްޓްރީ ވެއްޖައިން. އެކަމަކުވެސް ބޭނުން ކުރަންވީ ގޮތެއް އެހާ ފުރިހަމައަކަށް ނޭނގޭ. އެހީއެއް ވެދީބަލަ
އަރަތް - 19
ކަރު - މަކަރު - ވަކަރު - ކަރުނަ
ފޮތުގެ ތަޢާރުފު (5)
އަޅުގަނޑަށް އަބަދުވެސް ފެންނަނީ ސާނަވީ އިން ފެށީގެ މަތީގެ ގުރޭޑް ތަކުގެ ފެންވަރު ރަނގަޅު ކުރަން ބޭނުން ކުރܮ..
އާދަޔާ ޚިލާފު ކުލަބުތައް
varah ragalhu vaane moyainge kulabeh hulhu viyas
އެހެން ގޮތަކަށް ރޯދަހިފާ މީހެއް!
...maa majaa jokehnoo...roadhaige maana neigihure roadhahifaa meeheh kaneigemee
ހިނދުކޮޅެއް
nice..keep it up..
ހިޔުމަން ރިސޯސް ޕްލޭނަކީ ކޮބާ؟
ވަރަށް މޮޅު ލިޔުމެއް! އުންމީދު ކުރަނީ މިކަހަލަ ލިޔުންތައް މުސްތަޤުބަލުގައި ގިނަގިނައިން ފެންނާނެކަމަށް!
ޙިމާރުގެ ކައިވެނި
????adaai basmagu reethikuran buni himaaruge basmagaai adu reethibaavaey hithah araa
ނުކުރާކަމަކަށް އަދަބު...
dharivaru kudakoh budhi hamanugehey kamah lafaa kurevenee...lalala

މިވަގުތު ފަންވަތުގައި

މިވަގުތު 100 ކިޔުންތެރިން އޮންލައިން

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 3539907
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone