އަދުގެ ޚާއްސަ


ލިޔުއްވިފޮތްތައް
ޢަބްދުﷲ ފާރޫޤު ޙަސަން

އަލްއިމާމު އިބްނު ތައިމިއްޔާ ދުނިޔޭގައި އުޅުއްވީ 66 އަހަރުއެވެ. އެމުއްދަތުގެތެރެއިން ގިނަދުވަސްތައް ހޭދަކުރެއްވީ ކިޔަވައިދެއްވުމުގައެވެ. އެކިފަހަރުމަތީން ޖަލުގައިވެސް ދިގުމުއްދަތެއް ހޭދަކުރެއްވިއެވެ. އޭގެ އިތުރަށް ޖިހާދުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިހުރިހާ މަސައްކަތްޕުޅުތަކަކާއެކުވެސް އެކަލޭގެފާނުގެ ތަޞްނީފުތަކުގެ އަދަދު ފަސްސަތޭކައަށް އަރައެވެ. ޢައްލާމާ އައްޛަހަބީ ވިދާޅުވާގޮތުން އެއްހާހަށް އަރައެވެ. އެޒަމާނުގައި އާއްމުވެފައިއޮތް ހުރިހާ އިލްމުތަކެއްގެ ދާއިރާތަކަކަށް އެތަޞްނީފުތައް ބެހިފައިވެއެވެ. އިމާމުގެ ތަޞްނީފުތަކުގެ ތެރެއިން މިމަޒުމޫނުގެ މައުޟޫޢަކީ ސިޔާސަތާބެހޭ މައުޟޫޢުތަކެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން ސިޔާސަތާ ބެހޭގޮތުން ފާހަގަކޮށްލެވޭ އެއްފޮތަކީ އަލްއިމާމަތު ވައްސިޔާސަތު މިފޮތެވެ. އަނެއްފޮތަކީ އައްސިޔާސަތުއް ޝަރުޢިއްޔާ ފީ އިޞްލާޙިއްރާޢީ ވައްރިޢާޔާއެވެ.

މުޙަންމަދު ޝާހިދު ޙަލީމް

އެނގުން، އެނގިލެއްވުން، އެނގިވަޑައިގަތުން މިއީ އިޙްސާސެއް އިޙްސާސްވުމުގެ، ނުވަތަ ކަމެއް، ނުވަތަ އެއްޗެއް އޮޅުންފިލުމުގެ، ނުވަތަ ދޭހަވުމުގެ، ނުވަތަ މޭރުންވުމުގެ މާނައިގައި ބޭނުންކުރާ ތިން ލަފުޒެވެ. މި ތިން ލަފުޒުގެ މާނަ އެއްގޮތް ނަމަވެސް ތިން ލަފުޒު ބޭނުންކުރަނީ ތިން ހާލަތެއްގައެވެ. /އެނގުން/ ބޭނުންކުރަނީ އާދައިގެބަހުން (އާނހޫން) ވާހަކަދައްކާ އިރުގައެވެ.


ޙަސަން ޒާހިރު (ޢަންދަލީބު)

ނުވަމަސްދުވަހު  ގަދަވޭނުގައި،  "ހަށިފާރަ" އަށް   ހުސްވެސްވެފައި
             ނުވަ އެއް ދުވަސް  އިތުރަށް  ބަލާ،  މަންމާ  ތިއީ  ކެތްތެރިއެކޭ

ވިހުމުން   އެވާ ގާތްކަން  ބޮޑޭ،   ކަންނެތްވުމެއްނެތް  ބެލުމުގައި
             ވިހުމުން   ލިބޭ     އުފަލާއެކީ،   ދެގޮތެއްނުވާނެ    މިސާލެކޭ

އަދަބުއްރިޙުލާތު

ޑރ. ޙަސަން ޙަމީދު

ދުނިޔޭގައިވާ އެންމެ މަޤްބޫލު ސިޓީ ނުވަތަ ގިނަ ބަޔަކު ދިރިއުޅޭ ސަހަރަކީ ކޮބައިތޯ ބެލުމަށް އިންޓަރނެޓް ބޭނުންކޮށްފިނަމަ، ފުރަތަމަ ތިން ސަހަރުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ޕެރިސް ހިމެނޭ ކަމަށް ހޯދުންތައް ދައްކާނެއެވެ. އެތަށް ސަހަރަކަށް އެތަށް ޤައުމަކަށް، ދަތުރުކޮށް، ތަފާތު ތަންތަން ތަޖުރިބާ ކޮށްފައިވާ ސައްޔާހުން ޕެރިސް ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެންމެ ފުރިހަމަ ސިޓީގެ ގޮތުގައެވެ. ތަފާތު ޢިބާރާތްތަކުން ޕެރިސް މަޝްހޫރު ވެފައިވެއެވެ. ޕެރިހަކީ ސިޓީ އޮފް ލައިޓްސް އެވެ. އާދެ! ދިއްލުންތަކުގެ ސިޓީއެވެ. އެއީ ލޯބިވެރިންގެ ސިޓީއެވެ. ފެޝަންގެ ޖަގަހައެވެ. ހުވަނދާއި އަތަރު އުފެއްދުމުގެ މަހައްލެވެ. ދުނިޔެއަށް މަޝްހޫރު އެތައް ތަނަކަށް، އެތައް ކަމަކަށް ޕެރިސް މަޝްހޫރު ވެފައި  ވެއެވެ.
 
Print

ޤާނޫނު ހަދާ އިރު، ބަހުގެ ގޮތުން ވެސް ޤާނޫނުއަސާސީ އަޞްލަކަށް ބެލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) 

ހުކުރު ޚުޠުބާ ފަދަ ދީނީ މުހިންމު ލިޔުންތަކާއި ރާއްޖޭގެ ޤާނޫނުތައް ފަދަ މުހިންމު ޤާނޫނީ ލިޔުންތަކާއި ޝަރުޢީ ލިޔުންތަކަކީ ކޮންމެހެން ވެސް ކުށުން ސަލާމަތްވެފައިވާންޖެހޭނެ ލިޔުންތަކެކެވެ. އެހެނީ އެންމެން އެންމެ ބޮޑަށް އިޙުތިރާމްކުރާނީ މި ފަދަ ލިޔުންތަކަށެވެ. އަދި ނަމޫނާއަކަށް ވެސް މި ފަދަ ލިޔުންތައް މީހުން ބަލާނެއެވެ. ނަމަވެސް މި ފަދަ ލިޔުންތަކުން ބަހުގެ ބައެއް ހަމައަށް ސަމާލުކަން ނުދީ ހުންނަ ތަން ފެނުމަކީ ވަރަށް ދެރަވާ ކަމެކެވެ. މި މައުޟޫޢުގެ ދަށުން މިއަދު އަޅުގަނޑު ފާހަގަކޮށްލާން މި އުޅެނީ ހަމަ އެންމެ ނުކުތާއެކެވެ.

Print

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއް ކުރިއެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޠާހާ އަބޫބަކުރު، ލ.ގަން، 

ފެށުން:

އިންޑިޔާކަނޑުގެ ބިޔަ ސިންގާ ރާޅުތަކުގެތެރޭގައި ގަތާލެވިފައިވާ މުތީތަކެއްފަދައިން ދުނިޔޭގެ ޗާރޓުގައި ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުދިޖަޒީރާ ރަށްތަކުގައި ދިވެހިން ދިރިއުޅެމުންދާތާ އެތައް ވޭލާތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. މީސްކޮޅުމަދު، ބިމުގެ ގޮތުން ކުޑަތަނެއް ކަމަށްވީނަމަވެސް ރާއްޖެ އޮތީ އިންޑިޔާކަނޑުގައިކަމުން، އެހިސާބުގައި އެކިދުވަސްވަރު އަޅަމުންދިޔަ އާރާއިބާރުގެ އޮއިގެތެރޭ ދިވެހިންނާއި ދިވެހިރާއްޖެއަށް ވަރަށް ޚާއްސަކަމެއް ދެވުނެވެ.

Print

އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގެ ޤާޟީ: އަލް ޤާޟީ އަބޫ ލައިލާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޠަތްކޮށް ޢަދުލު އިންސާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވެއެވެ. އިސްލާމް ދީނުގެ އުޞޫލުތަކުން މިސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

 

އަލްޤާޟީ އަބޫ ލައިލާއަކީ އަބޫ ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ޔަސާރު ބިން ބިލާލު ބިން ބުލައިލު ބުނުލް ޙައްލާޖު ބިނުލް ޙަރީޝް ބިން ޢައުފު ބިން ޢަމްރުލް އައުސީ އަލްއަންޞާރީއެވެ. އެކަލޭގެފާނު ރައްކައުވީ ހިޖްރައިން 76ވަނަ އަހަރު  ކޫފާގައެވެ. އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރު ބަފައިކަލުން އަވަހާރަވެއްޖެއެވެ. އަބޫ ލައިލާ ޢިލްމު އުނގެނިވަޑައިގަތީ ކޫފާގެ ޢިލްމުވެރީންގެ އަރިހުންނެވެ. އެކަލޭގެފާނު ކޫފާގެ ޤާޟީކަމަށް އިސްކުރެވުނީ އުމަވީންގެ ޚިލާފަތުގައެވެ. އަބޫ ލައިލާ އަވަހާރަވީ  148ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެކަލޭގެފަނު ޤާޟީކަމުގައި 33 އަހަރު ހުންނެވިއެވެ.  އެކަލޭގެފާނު ފަރާއިޟު ޢިލްމުގައި ފޮތެއް ލިޔުއްވިއެވެ.

Print

ސައިތޯނަކީ ހަމައެކަނި އިބިލީހެއް ނޫނެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

 

 

ސައިތޯނަކީ   އިބިލީސް   ޔަގީން،   އެކަލޭގެ  ބޮޑު  ސައިތޯނެކޭ

          މައިމަގުކަމަށްވި   ޞިރާތުމަގު  އޮޅުވައިލި  ނަމަ  ސައިތޯނެކޭ

ލޮބުވެތިނަބީން   ދެއްކެވިގޮތަށް،   ގޮތްގޮތްހަދައި   އުނިއިތުރުކޮށް

          ލޮބުވެތި ރަސޫލުން  ދެއްވިފޮތް  އޮޅުވައިފި  ނަމަ  ސައިތޯނެކޭ     

Print

އިސްލާމްދީނުގެ އަޞްލުތަކަކީ ކޮބާ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެން ކުޑައިރުއްސުރެ ބަލައި އުޅުނު ފޮތްތަކުން އެނގޭ ގޮތުގައި އިސްލާމް ދީނުގެ އިބްތިދާއީ ނުވަތަ އަސާސީ މަޞްދަރަކީ اللهގެ މުޤައްދަސް ފޮތް (ކީރިތި ޤުރުއާން) އާއި ކައު ސާހިބާގެ ސުންނަތެވެ.  ސުންނަތޭ މި ދެންނެވީ އިތުރު އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ކަމެއް ހިނގިއިރު އެކަން މަނާނުކުރައްވާ ހުރިހާ ކަމެއް ވެސް ހިމެނޭ ގޮތުންނެވެ. 

Print

ނަބިއްޔާގެ ހިޖްރައިގެ ހަނދާން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

އަހަރު ހިޖުރީ ގެނެސް މިދެނީ،  ފިލާނެ  ހަނދާންތަކެއް  ނޫނޭ

           ޒަހަރުފަދަ ހިތި،  އަސަރުތަކަކާ،  ރަހައިފޮނިނެތް  ކަމެއް ނޫނޭ

ޤުރައިޝުން ދާރު ނަދުވާގައި، ވެފައި  ސައްލާއަކުން  ނިންމައި

           އުރައިން ކަނޑިތައް ނެރުނު މަންޒަރު، ބަލަން ކުޅަދާނައެއް ނޫނޭ

ނަޖިދު މުސްކުޅިޔަކަށް ހެދިގެން، އެސައްލާޔަށް އައިސް އިބްލީސް

           ނަޖިސް  ހިތްވަރުތަކެއް  ދިނުމީ،  ލަފާޒާތުގެ  ކަމެއް   ނޫނޭ

Print

(20) ބަޞްރާގެ ފަޤީހު: އަލްޤާޟީ އަބޫ ޚާޒިމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅާއިދާމީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

  

އަލް ޤާޟީ އަބޫ ޚާޒިމަކީ ޢަބްދުލްޙަމީދު ބިން ޢަބްދުލްޢަޒީޒުއް ސުކޫނިލްކިންދިލް ބަޞްރީއެވެ. އޭނާއަކީ ފަރާއިޟު ޢިލްމާއި ޙިސާބުގެ ޢާލިމެކެވެ. ޤާޟީކަމުގެ ދާއިރާ ތަރައްޤީ ކުރެއްވި ޤާޟީއެކެވެ. މަޙްޟަރު ލިޔުމަށާއި ދަފުތަރުތަކާއި ރެކޯޑުތައް ބެލެހެއްޓެވުމަށް ވަރަށް ޚާޢްޞަ ސަމާލުކަމެއް ދެއްވިއެވެ. 

Print

ހިޖްރީ އައު އަހަރު 1442 ފެށުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ހިޖްރީ ސަނަތުން 1441 ނިމި 1442 ވަނަ އަހަރު ފެށޭ މުނާސަބަތަކީ، އިސްލާމީ ދުނިޔޭގައި ވަރަށް ޚާއްޞަ މަތިވެރި ދުވަހެކެވެ. އިސްވެދިޔަ ރިސާލަތްތަކުގެ ނޫރު ދުނިޔޭން ފަނޑުވެ އަނިޔާވެރިކަމާއި ޖަހާލަތުގެ ފުރަ މެންދަމަށްފަހު ޢަދުލާއި ހިދާޔަތުގެ އިރު ދުނިޔެ ދުށް މަތިވެރި ރިސާލަތު ދުނިޔެއަށް ފެތުރިގެން ދިޔުމުގެ މަތިވެރި މަޙައްލަށް، ކީރިތި ނަބިއްޔާ محمد صلى الله عليه وسلم  ކުރެއްވި ހިޖްރައިގެ ތާރީޚީ ހަނދާން އާވެ އާލާވާ މަތިވެރި މުނާސަބަތެވެ. 

Print

ރައިވަރު ހެދުމުގެ ފުރަތަމަ މަރުޙަލާ، ސަފުހާއަކުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

ރައިވަރު ހަދާން ދަސްކުރުމުގައި ފުރަތަމަ ވިސްނާންވީ، ރައިވަރަކީ، ފިލީގެ ޢަދަދަކުން ވަޒަނުގެ މައްޗަށް ބިނާވެގެންވާ ދިވެހި ޅެންވެރުކަމުގެ ބާވަތެއްކަމެވެ. ރައިވަރުގައި ޢާންމުކޮށް އޮންނަނީ 3 ބަހާއި ހަބަހުގެ ރައިވަރުކަމެވެ. 3 ބަސް ރައިވަރެއް ނަމަ 36 ފިލިކަމެވެ. 6 ބަސް ރައިވަރެއް ނަމަ 70 ފިލި ކަމެވެ. 

ކުރު ފިއްޔަކުން ރައިވަރުގެ ބަސް ފަށާނަމަ ފުރަތަމަ އަކުރުގައި އޮތް ފިއްޔާއެކު ބަނޑުވައް އަކުރު، ބަނޑުވައް އަކުރުގައި އޮތް ވިއްޔާވެސް އެކު، ކޮންމެ ބަހެއްގައި ގެންނަން ލާޒިމުވާކަމެވެ. ދެމޭ ފިލިން ބަސްފެށޭ ރައިވަރެއް ނަމަ، ބަނޑުވައް އަކުރު ލާޒިމު ނޫންކަމެވެ. 

Print

(19) ޙަންބަލީންގެ ޝައިޚު: އަލް ޤާޟީ އަބޫ ޔަޢުލާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

  

 އިބްރާހީމް ރަޝީދު މޫސާ

 

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ، މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޤުރްއާނުގެ ޢިލްމުތަކަށާއި ތަފްސީރު ޢިލްމުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކަމުގެ ސަބަބުން އެކަލޭގެފަނަށް ޢިރާޤުގެ ޢާލިމުގެ ލަޤަބުއެރުވިފައިވާ ޤާޟީއަކީ އަބޫ  ޔަޢުލާ މުޙައްދު ބުނުލް ޙުސައިނު ބިން މުޙައްމަދު ބިން ޚަލަފު ބިން އަޙްމަދުލްބަޣްދާދީ އަލްޙަންބަލީއެވެ. އޭނާގެ ލަޤަބަކީ އިބްނުލްފައްރާއިއެވެ. ރައްކައުވީ ހިޖްރައިން 360 ވަނަ އަހަރުއެވެ. އެކަލޭގެފާނަކީ ވަރަށް އަޅުވެރި ވަރަޢުވެރި ޒާހިދު ބޭކަލެކެވެ. 

Print

ނޮޅިވަރަންފަރުން ފުރި ދަތުރުގެ ހިތާމަވެރި ނިމުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

 

 

 

1- ލައުޙުގައި ލިޔެވުނު ކަމެއް އެގޮތަށް ހިނގައި ނިމިފައި  ނުވޭތޯ

           ފައުޅުގައި ވެސް ސިއްރުގައި ވެސް  އެފަދައިން ކަންކަން ނުވޭތޯ

2- ނޮޅިވަރަންފަރު  ޢާއިލާއެއް  ދަތުރަކުން ނިމި ދިޔަ ގޮތުން އަދު

            މޮޅިވެގެން ކަނދުރާ  ނުއެލި  ހުރެވޭ  ވަރަށްވުރެ  ހިތި  ނުވޭތޯ 

3- ކޮޅިގަނޑެއް ފުރަނަކަތުގައި އައިސް ލާންޗު ބަންޑުން ކޮށްލުމާއެކު     

Print

ދެމާވަޑިން ދަނޑަށް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

އަލިފުށީ މީހުންނަކީ އެއްވެސް އިރަކު ދަނޑުވެރިކަން ކުރާ ބައެއްނޫނެވެ. އެ މީހުންގެ ތެރޭގައި މަސްވެރިން ވެސް ވަރަށް މަދެވެ. އަލިފުށީ މީހުންގެ ކަމަކީ ވަރަށް މޮޅަށް އޮޑިދޯނިފަހަރު ބަނުމެވެ. އެހެނަސް ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް ވެސް  އެ ރޯގާ އައި ފަހުން، ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، އަލިފުށީގައި ވެސް ދަނޑުވެރިކަން ކުރާން ބޭނުންވާ މީހުންނަށް ދަނޑުބިން ދޫކުރާ ގޮތަށް ހަމަޖެހުނެވެ. 

Print

ޅެންބަހުރުވައިގައި ކޮރު ފިލި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އާދައިގެ ނަސަރު ލިޔުމާއި ޅެންވެރިކަމުގެ ލިޔުމާ ދެމެދު ތަފާތުތަކެއް ހުންނަކަމީ އެންމެންނަށް ވެސް އެނގޭނޭ ކަމެކެވެ. އެންމެ ބޮޑު ތަފާތަކީ ޅެންވެރިކަމުގެ ޢިބާރާތްތައް ވަޒަން ބަހުރުވައިން ހުންނަ ހުރުމެވެ. އަދި އެހެން ބައެއް ކަންކަމުގައި ވެސް ތަފާތުތަކެއް ހުރެއެވެ. ލަފުޒުގެ ތަރުތީބުގައި ވެސް ތަފާތުތަކެއް ހުރެދާނެއެވެ. ގަވާއިދުގެ ބައެއް ކަންކަން ދޫކޮށްލުމަކީ ޅެންވެރީންނަށް ހުއްދަކަމެކެވެ. އެ މީހުންނަށް އިޚުތިޔާރު ލިބިގެންވާ ކަމެކެވެ. މިއީ މަޝްހޫރު ޅެންވެރީން އެއްބަސްވާ ހަމައެކެވެ. މީގެ މާނައަކީ ލަފުޒުތަކުން އަކުރުތަކާއި ފިލިތައް އުނިކޮށް ގަވާއިދު ހަލާކުކޮށްލުމެއް ނޫނެވެ. އަދި ބޭނުމެއް ނެތް، މާނައެއް ނެތް "ކޮރު އަކުރު" ވައްދައިގެން ޅެންބައިތު ގަޑުބަޑުކުރުމެއް ވެސް ނޫނެވެ. އެހެންކަމުން ކޮރު އަކުރާއި ކޮރު ފިއްޔާ މެދު މި ފަންނުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތާއި، ކޮރު އަކުރާއި ކޮރު ފިއްޔަކީ ކޮބައިކަމާއި، ޢާއްމު ލިޔުންތަކުގައި (ނަސްރުގައި) ހުއްދަ ނޫން، އެކަމަކު ޅެންބަހުރުވައިގައި ބަހުގެ ޢާއްމު ގަވާއިދާ ޚިލާފު، ހުއްދަ މިންވަރަކީ ކޮބައިތޯ ބަލައިލާން ގަސްތުކުރަމެވެ.

Print

ދުސްމިނުންގެ އުންޑަ ނާރާނީ ބޮޑުފާރު އަމަށުން ހުރިއްޔާއެވެ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ބޮޑުފާރަކީ، ދިފާޢީ ފާރެވެ. ދުސްމިނުންގެ އުންޑަތަކުން ވަޠަނާއި މުވާޠިނުންގެ ދިފާޢުގައި ލާފައި ހުންނަ ފާރެވެ. އެއީ، އިންފާރެއް ނޫނެވެ. އިންފާރަކީ އިންފުޅަފެވެ. މިޒަމާނު ދޫމަތީ އޮންނަ "ބޯޑަރ ލައިން" އެވެ. ބޮޑުފާރު ފޫހިނގައްޖިއްޔާ ދުސްމިނުންގެ އުންޑަތައް ނާރައެއް ނުހުންނާނެއެވެ.

ޝައްކެއްނެތެވެ! ބަޔެއްގެ ޤައުމިއްޔަތުގެ ބޮޑުފާރަކީ، އެ ބަޔެއްގެ އެބައެއްވަންތަކަމެވެ. ފިކުރާއި ވިސްނުމާއި ދީނާއި ޢާޤީދާ އާއި ސަޤާފަތު، އެހެންބައެއްގެ ނުފޫޒުން ޚާރާބުނުވެ، ދެމި އޮންނަ އަޞްލަކީ، އެބައެއްވަންތަކަން (މާދަރީބަސް) އަމަށުން އޮތުމެވެ. 

Print

(18) މުޢުތަޒިލާއިންގެ ޝައިޚު: އަލް ޤާޟީ ޢަބްދުލްޖައްބާރުލް ހަމްޛާނީ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

  

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ، މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

 

މުޢުތަލިޒާއިންގެ ޝައިޚު  އަލްޤާޟީ ޢަބްދުލް ޖައްބާރު އަޙްމަދު ބިން ޚަލީލު ބިން ޢަބްދުﷲ އަލްހަމްޛާނީއަކީ ކުރީކޮޅުގައި ޝާފިޢީއެކެވެ. ނަމަވެސް ފަހުން އޭނާ މަޝްހޫރުވެފައި ވަނީ މުޢުތަޒިލުންގެ ފިކްރުގެ އިސް މުފައްކިރެއްގެ ގޮތުގައެވެ. މިހެންވެ އެކަލޭގެފާނަށް މުޢުތަޒިލުންގެ ޝައިޚުގެ ލަޤަބު އެރުވުނެވެ.

Print

ހަދާދެން، އަންގާދެން، ކުކުޅުފާ ވިއްކަން އެބަހުރި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ އަޅެ ފަހެ މާ ދެރަ ކަމަކީ ހެއްޔެވެ؟ ނުވަތަ އެ ގޮތަށް ބޭނުންކުރަން އުނދަގުލީ ހެއްޔެވެ؟ މިހެން މި ދެންނެވީ ހަމަ ބެލުމެއް ނެތި އެބަޔަކު ހިތަށް އެރި ގޮތަކަށް ދިވެހިބަސް ލިޔެނަގަމުން ގެންދާތީ އެވެ.

ދިވެހިބަހުގައި އެކަށައެޅިފައިވާ ހަރުދަނާ ހަމަތަކުގެ ތެރޭގައި މީހުން އެންމެ ބޮޑަށް އަޅައިނުލައި ދޫކޮށްލަނީ ނުވަތަ ދޫކޮށްލެވެނީ އައިބައިފިލީގެ ހަމަތަކެވެ. އެންމެ ގިނަ މީހުންނަށް ނޭނގެނީ ވެސް މި ހަމަތަކޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެއެވެ. މިހެން މި ދެންނެވީ ދިވެހިބަސްދެކެ ނުހަނު ލޯބިފުޅުވާ ދިވެހިބަހަށް ނުހަނު ގިނަގުނަ ޚިދުމަތްތައް ކުރައްވާ ޢިލްމީ ބޭފުޅުންގެ ލިޔުއްވުންތަކުގައިވެސް މި ފިއްޔަށް ސަމާލުކަން ދެއްވައިފައި ނުހުންނާތީއެވެ. އައިބައިފިއްޔަކީ "ފިއްޔެއް" ނޫންކަމަށް ދެކެވަޑައިގަންނަވާ ހެން ހީވާތީއެވެ.

Print

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަންވީ ކީއްވެގެން؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

 

އިބްރާހީމް ރަޝީދު މޫސާ

ދެކުނު އޮސްޓްރޭލިޔާ ޔުނިވަރިސީޓިން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހުކޮޅުގައި ކުރި ސައެންސީ ދިރާސާތަކުން ލިބުނު ނަތީޖާތަކާމެދު މުޅި ދުނިޔެ  ވަނީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެއީ ޒަމާންވީ ބަލިތަކަށް (ކްރޮނިކަލް ބަލިތަކަށް) ފަރުވާ ދިނުމާ ބެހޭގޮތުން ކުރި ދިރާސާތަކެކެވެ. މި ދިރާސާތަކުން، މި ފަދަ ބަލިތަކަށް ފަރުވާ ދިނުމުގައި ތަބާވާންވީ އައު ގޮތްތަކެއް ހާމަވެގެންދިޔައެވެ. މި ނިޒާމަށް 2 : 5 ނިޒާމޭ ކިޔައިފައި ވެއެވެ. މި ދިރާސާއިން ކަށަވަރުކޮށްދިން ގޮތުގައި މި ގޮތަށް ރޯދަ ހިފުމުން ލިބޭ ފައިދާތައް އިންތިހާއަށް ބޮޑެވެ. އަދި އެހާމެ ގިނައެވެ. މި ދިރާސާ ބުނާ 2 : 5 ނިޒާމަކީ ކޮބައި ހެއްޔެވެ؟ 

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (9)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(8 އޮގަސްޓް 2020 ގައި ޝާއިޢުކުރެވުނު ބައާ ގުޅޭ)

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލުމަށް ފަހު، ކީރިތި ޤުރުއާނުގެ އަސާސީ ތަޢުލީމާތުތައް މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން މިސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅާލެވިފައި ވެއެވެ އެކަލާނގެއީ 'އަލް ގައްޔޫމު' ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެއެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގައެވެ. އަސްލު ކަމުގައެވެ. އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުންކޮށްގެން، މިކަން، މާތްﷲ ވޮޑިގެންވާކަން، ރަނގަޅަށް ދެނެގަނެވޭނޭ ކަންވެސް މިސޫރަތުގައި ބަޔާކޮށްދެވިފައި ވެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެއަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީ ކަންވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲއަށް އީމާންވެ، މި އީމާންކަން ނިޔާކުރާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވާލައި، ދައުވަތުދެވިފައި ވެއެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ