އަދުގެ ޚާއްސަ


އާދަމް ނަޞީރު އިބްރާހީމް (2010)

އެއްކަމެއްގައި މާގިނަ ދުވަހު އުޅެ ތަޖުރިބާ ލިބުމުން އެކަމެއްގެ މާހިރެކޭ ކިޔައި އުޅޭ ދޮގެއްތޯ އެވެ؟ ހީވާ ގޮތުން މި މަޒުމޫނުގެ ބަޠަލެއްގެ ގޮތުގައި މި ހިމެނުނު ތުއްތުބެއަކީ އެ ފަދަ ބޭކަލެކެވެ. މާހިރެކެވެ. ތަޖުރިބާ ކާރެކެވެ. އޭނާގެ މުޅި އުމުރުގެ ތަޖުރިބާގެ މައްޗަށް އޭނާ ނެރުނު ފަލްސާއާ މެދު ފަހުން އަޅުގަނޑުމެން ވިސްނައިލާނީ އެވެ.  އޭރުން ބޭނުމިއްޔާ ހީނލެވިދާނެތާ އެވެ. ބޭނުމިއްޔާ  ހަމްދަރުދީ ފާޅުކުރާނީ އެވެ.

ޝާކިރު

ޑީ އެން އޭ ހެކި ހަގީގަތާއި ޚިލާފަށް އުފެއްދިދާނެކަން އިޒުރޭލުގެ ސައިންސް ވެރިންތަކެއް ހާމަކޮށްފިއެވެ. ކުރިމިނަލް ކޭސްތައް ސާބިތުކުރުމުގައި ރަން މަގާމެއް ހޯދާފައިވާ ޑީ އެން އޭ އަގު ވެއްޓި ގެއްލިގެން ދިއައީއެވެ. އިތުބާރު ކުޑަވެގެން ދިއައީއެވެ.

ސައިންޓިސްޓުން ޑީ އެން އޭ އެކުލެވިފައިވާ ލެއާއި ކުޅުގެ ސާންޕަލް ދިން މީހާގެ ސާންޕަލްނޫން މީހެއްގެ ލެއާއި ކުޅު ބޭނުން ކޮށްގެން ހަގީގަތާއި ޚިލާފު އުފެއްދުމެއް އުފެއްދީއެވެ. އެބައިމީހުންނަށް ޑީ އެން އޭ ޕްރޮފައިލް އެކުލެވިފައިވާ ޑާޓާބޭސްއަށް ވަދެވިއްޖެނަމަ، އެބައިމީހުނަށް އެޕްރޮފައިލްއާ މުޅިން އެއްގޮތް ޑީ އެން އޭ ސާމްޕަލް އެމީހާގެ ހަށިގަނޑުގެ ޓިޝިއު އާ ނުލާ އުފެއްދި ދާނެކަންވެސް ހާމަކުރީއެވެ.

އަބޫ މުޙައްމަދު

 

ތަމްހީދު:

މާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟުކުރައްވައިފައެވެ. އެ ނަމާދުތަކަކީ، ވަކި ޙިކްމަތަކަށްޓަކައި މާތް ﷲ މި އުއްމަތުގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކެކެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. ނަމާދަކީ އިސްލާމް ކަމުގެ ދެވަނަ ރުކުނެވެ. މާތް ﷲ އަކީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭނެ ހަމައެކަނި އިލާހުކަމަށާއި މުޙައްމަދުގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލާކަމަށް ހެކިވެ އިޤުރާރުވުމަށް ފަހު، އަދާކުރާންޖެހޭ ފުރަތަމަ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބު ކަމަށް ކީރިރި ރަސޫލާ ވަނީ ބަޔާންކުރައްވައިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދުލައްވައިފައިވަނީ ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا   (ހަމަ ކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.) ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފައިވަނީ ނަމާދުކުރާށެވެ! ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ވަގުތުތައް އުއްމަތަށް އުނގަންނަވައިދެއްވީ ކީރިތި ރަސޫލާ (صلى الله عليه وسلم ) އެވެ.



ނޯޓް:- މިއީ އަޅުގަނޑުގެ ރަޙްމަތްތެރި އަލްއަޚް އިޔާޒު ނަސީމްގެ އެދިވަޑައިގަތުމުގެ މަތީން އޭނާ އެދިވަޑައިގަތް ގޮތަށް ހަދައިފައިވާ ޅެމެކެވެ.

އާދަމް ޢަބްދުއްރަޙްމާން، އުތީމު

އުފާ  ދިރުމުގެ  ނުވާ  ތަނެކޭ މަރެއް އެހެނަސް ނުވާ ތަނެކޭ،
            ތަފާތު އަޒާބުތައް ލިބެވޭ އަބަދު  އަލިފާން  އަނދާ  ތަނެކޭ.

އަނދިރި  ވާދީތަކުން  ފުރިފާ  އިތުރު  ކަލިވަތްތަކެއް ގުޅިފާ،
            އުތުރި  ކެކެމުން އަރާ އަލިފާން  އަޒާބުގެވާ  އެއީ  ތަނެކޭ.

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(16 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 2

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މިއާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. 'ޙަމްދަ' ކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔާ ނަމެކެވެ. ޝުކުރު އަދާކުރަނީ އިހުސާންތެރިކަމާއި ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭ ގޮތުންނެވެ.

Print

ދޫނިސޫފާސޫފީގެ ޢިއްފަތްތެރިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމް ރަޝީދު މޫސާ 

ޢިލްމުވެރީން ވެސް ޤަބޫލުފުޅު ކުރައްވަމުން ވަޑައިގެންނެވި ގޮތުގައި އަންހެން ދޫނި ހޯދުމަށް ޓަކައި ފިރިހެން ދޫނިތައް އެކަތި އަނެކައްޗާ ތަޅައިފޮޅައި ހަދައެވެ. އެ ކަމުގައި އޭއްޗެހީގެ މެދުގައި އެއްވެސް އަޚްލާޤެއް ނެތެވެ. އޮތީ ގަދަބަދަވިކަމާއި ވާދަވެރިކަމެވެ. އެހެނަސް ކަން އޮތީ އެހެން ބާވައެވެ!

އިސްތިވާއީ ދޫންޏެއްކަމުގައިވާ މެނަކިންޒް (manakins) ދޫންޏަކީ ކުޑަކުޑަ ރީތި ދޫންޏެކެވެ. އެ ޢާއިލާގައި ފަސްދޮޅަހަކަށް ބާވަތުގެ ތަފާތު ދޫނި އުޅެއެވެ. ވަރަށް ފަހުގެ ސައެންސީ ދިރާސާއެއް ބުނާ ގޮތުގައި އަންހެން ދޫނި ލިބޭނީ ހަމައެކަނި އޭތީގެ ފިރި ދޫންޏަށެވެ. ފިރި ދޫންޏާ ވާދަކުރި ފިރިހެން ދޫނި އަންހެން ދޫންޏާ ގާތްނުވެ އޭތީގެ ފިރި ދޫނި މަރުވަންދެން އިންތިޒާރު ކުރަމުންދާނެތެވެ. ފިރި ދޫނި މަރުވުމުން ހުވަފަތް ދޫންޏާ އިންނާނެތެވެ. މިއީ އިޚްލާޞްތެރިކަމާއި ޢިއްފަތްތެރިކަން ނޫންތޯއެވެ؟ އިންސާނުންނަށް މިއީ ވަރަށް ޢިބްރަތްތެރި ދުނިޔެއެކެވެ. 

Print

ޤިބްލަ ކަށަވަރު ކުރުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް 

އަޅުގަނޑުމެން މުސްލިމުންގެ އެންމެ މުހިންމު އެއް މަރުކަޒަކީ، މާތްވެގެންވާ ކައުބާއެވެ. އެތައް ގޮތަކުންނެވެ. އެއީ ކޮންމެ ދުވަހަކު މަދުވެގެން ފަސް ފަހަރު ކުރިމަތިލެވޭ ޤިބްލައެވެ. 

އެ ގޮތުން ކައުބާވީ ދިމާ ދެނެގަތުމީ ކޮންމެ މުސްލިމަކަށާއި މުސްލިމުންގެ ކޮންމެ ރަށަކަށާއި ތަނަކަށް ވެސް ލާޒިމު ކަމެއް މެއެވެ. އެއްވެސް ނަމާދެއް ޤިބުލައަށް ކުރިމަތިލުމާ ނުލައި، ޞައްޙަވެގެން ނުވާތީއެވެ.

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(12 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 1

ސޫރަތުގެ ނަން

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ'އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މި ސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނައިލެވިފައި ވެއެވެ. އަދި ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. 

Print

ކުޑަކުދީންގެ ވާހަކަ (6): ބާބީގެ ބޮޑުބޭބެގެ ބަކަރި އައިން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ބާބީގެ ބޮޑުބޭބެއަކީ ބަކަރި ގެންގުޅޭ މީހެކެވެ. ބުދަ ދުވަހު ހަވީރު  ބަކަރިތަކަށް ކާންދީފައި ބާބީގެ ބޮޑުބޭބެއަށް ގެއަށް ދެވުނީ ބަކަރިކޮށި ބަންދު ނުކޮށެވެ.

ބުރާސްފަތި ދުވަހު  ހެނދުނު ބާބީގެ ބޮޑުބޭބެ ބަކަރިތަކަށް ކާންދޭން ދިޔައިރު، އޭނާގެ ބާވީސް ބަކަރިން ކުރެ، އެންމެ ބަކަރިއެއް ވެސް ކޮށީގައެއް ނެތެވެ.  ބާބީގެ ބޮޑުބޭބެ  ބާރުބާރަށް ދުވެފައި ދިޔައީ އިބޫގެ ބަރަބޯ ދަނޑަށެވެ. 

ބާބީގެ ބޮޑުބޭބެއަށް  ބަރަބޯ ދަނޑަށް  ދެވުނު އިރު، އޭނާގެ  ބާވީސް ބަކަރި ތިބީ ބަރަބޯތައް ކައި ބަނޑު  ބޮޑުކޮށް ލައިގެންނެވެ. 

Print

ކީރިތި ޤުރްއާނަކީ ހުރިހާ ބަލިތަކެއްގެ ޝިފާއެއްތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

 

އިބްރާހީމް ރަޝީދު މޫސާ

ކީރިތި ޤުރްއާނުގައި " شفاء " ( ފަރުވާ)  މި ލަފުޒު 4 އާޔަތެއްގައި 4 ފަހަރު  އައިސްފައި ވެއެވެ. 2 ފަހަރު އައިސްފައިވަނީ ޢާއްމުކޮށް އެންމެހާ މީސްތަކުން (الناس) ނަށެވެ. އަނެއް 2 ފަހަރު އައިސްފައި ވަނީ ޚާއްޞަކޮށް މުއުމިނުން( للمؤمنين ) ނަށެވެ. 

ކީރިތި ޤުރްއާނުގައި ޝިފާ 

ފުރަތަމަ އާޔަތަކީ ޔޫނުސް ސޫރަތުގައި އައިސްފައިވާ ބަސްފުޅެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ(1) - އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ.)) 

Print

'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙިމް، ގ. މަންޒިލް

(31 މެއި 2020 ގައި ޝާއިޢުކުރެވުނު ބައާ ގުޅޭ)

މި ލިޔުމުގެ ފުރަތަމަ ބައިގައި އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ދެނެގަތުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި އެ ގޮތް ތަފްސީލީ ސިފައެއްގައި ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (10)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(5 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މ- އޮލިމްޕަހުގައި ކުޅުނު ތަމްސީލުތައް

1- އޮޔާ ދިޔަ ދެ ފޮށި

މިއީ އޮލިމްޕިއަންސުގެ ފަރާތުން 1977.5.6 ގައި ބޭއްވި މިއުޒިކު ޝޯގެ ތެރޭގައި ވަކި އައިޓަމެއްގެ ގޮތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ އޮނިގަނޑު އެކުލަވައިލައްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލުގެ އިސްކިރިޕްޓެއް ނުލިއެއެވެ. ޑައިރެކްޓަރު މައިގަނޑު ނުކުތާތައް ފާހަގަކޮށްލުމުން މުމައްސިލުން ވަގުތަށް ފައްތައިގެން ޑައިލޯގު ކިއަމުން ގެންދިއައީއެވެ. 

Print

އިސްލާމި ފިޤްހު ތަޤްނީނު ކުރުމަކީ ބޭނުން ކަމެއްތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

ނިޔާ ކަނޑައެޅުމުގައި މީސްތަކުން އެއް ރައުޔެއްގެ މައްޗަށް ޖަމާކުރުމުގެ ޚިޔާލުގެ ބާނީއަކީ އިބްނުލް މުޤައްފަޢު ކަމަށް ބައެއް ދާރިސުން ދެކެވަޑައިގަންނަވައެވެ. ޢަބްދުﷲ ބުނުލް މުޤައްފަޢު ޢައްބާސީ ދައުލަތުގެ މުއައްސިސު އަބޫ ޖަޢުފަރުލް މަންޞޫރަށް މި ޚިޔާލު އެރުއްވެވީ އޭނާ ލިޔުއްވި ސިޓީފުޅު (ރިސާލަތުއް ޞަޙާބަތި) ގައެވެ. މި ސިޓީފުޅުގައި ފިޤްހީ ޙުކުންތައް ޖަމާކުރައްވައި އެއާ އެއް ގޮތަށް ނިޔާ ކަނޑައެޅުމަށް ޤާޟީންނަށް އަމުރުކުރެއްވުމަށް ވިދާޅުވެފައިވެއެވެ.(1)

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމްކޮށްގަތުމަށް މަގެއް (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު

ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް

 

ސިލްސިލާގެ ކުރު ތައާރުފެއް

'ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް' މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ. 

Print

(13) ވިސްނުންތޫނު ޤާޟީ: އިޔާސް ބުނު މުޢާވިޔަތު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމް ދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

އިޔާސް ބުނު މުޢާވިޔަތަކީ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ޤާޟީ ކަމަށް އިސްކުރެވުނު ވަރަށް ވިސްނުން ތޫނު ، ޢަދްލު އިންޞާފަށް ވަރަށް ލޯބިކުރެއްވި ޤާޟީއެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އިޔާސުގެ ވިސްނުންފުޅު ތޫނުކަމާހެދި ޙައިރާންފުޅުވެ ވަޑައިގަތެވެ. ޤާޟީ  އިޔާސް ރައްކައުވީ ހިޖްރައިން 46 ވަނަ އަހަރުގައެވެ. 

Print

"ހަރުކަށި ފިކުރު" ހުއްޓުވައި ޢަޤީދާ ޙިމާޔަތްކުރުން: އެންމެންގެ ވާޖިބެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާން ޣައިރު މުސްލިމުން މަސައްކަތްކުރަމުން އަންނަތާ ވީ އެންމެ ދަހަރެއް ނޫނެވެ. މި މަސައްކަތުގައި "އެވެރީން" ޚަރަދުކޮށް ޙަރަކާތްތެރިވާތާ އެތައް ދަހަރެއް ވެއްޖެއެވެ. ބައި ޤަރުނަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. "އެވެރީން" މި މަސައްކަތް ކުރަނީ އެކި ދުވަސްވަރު އެކި މިންވަރަށެވެ. މިހާރު މި ވަނީ އެ މަސައްކަތް މެކުހަށްޖަހައިފައެވެ. ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކޮށް އަޅުވެތިކަމަކީ މިނިވަންކަންކަމަށް ދައްކައިގެންނެވެ. ހަރުކަށި ފިކުރޭ އަޅުގަނޑު މި ދަންނަވަނީ އިސްލާމް ދީނުގެ ސަމާޙަތާއި އަމާންކަމާއި ޙައްޤުތަކާ އިދިކޮޅު ފިކުރަށެވެ. އިންސާނީ ޠަބީޢާތާ ޚިލާފު މުންކަރާތްކަކީ "ޙައްޤު"ކަމަށް ބުނެ ބާޠިލާއި ޖާހިލިއްޔަތު ކުރިއަރުވާން މަސައްކަތްކުރާ އިބިލީހުގެ ފިކުރަށެވެ.

Print

(12) ޢިއްފަތެރި ވަރަޢުވެރި ޤާޟީ: ޢަބްދުއްރަޙްމާނު ބިން ޒިޔާދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފުރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދުލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ  ޙައްޤުތައް  ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދުލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޢަބްދުއްރަޙްމާނު ބިން ޒިޔާދު ބިން އަންޢުމުލް އިފްރީޤީ އަކީ ވަރަށް ވިސްނުންފުޅު ތޫނު ކޯފާ މަޑު ޤާޟީއެކެވެ. އެކަލޭގެފާނަކީ މުސްލިމުން ޤައިރުވާން ފަތަޙަކުރި ފަހުން މުސްލިމުންނަށް ލިބުނު އެންމެ ފުރަތަމަ ދަރިއެވެ. އެކަލޭގެފާނުގެ ބަފައިކަލުން ޒިޔާދު ބުނު އަންޢުމަކީ ޢުޤްބަތު ބިން ނާފިޢުގެ ލަސްކަރުގެ އިސް އަސްވާރެކެވެ. 

Print

އުދައާއި ބޮޑުރާޅުގެ ތަފާތު ނޭނގުނިއްޔާ ކުރާނެ ކަމެއް ނެތެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ކަނޑުގެ ނުޤުޞާން ރާއްޖޭގެ ރަށްރަށަށް ފޯރުމަކީ، ހިނގާ ކަމެކެވެ. ނަމަވެސް، ލިބޭ ކަނޑުގެ ނުޤުޞާނުގެ ބާވަތްތައް ނަމުގެ ތަފާތުން ވަކި ނުކުރެވޭކަމީ، ކަމުގެ އަޞްލާއި ސަބަބަށް ވާޞިލު ނުވެވޭނެ އަޞްލެކެވެ.

އެހެނީ، އެއްބާވަތަކަށް ހިނގާ ކަންކަމުގެ ވެސް ތަފާތު ނަމުން ބަޔާންވާނެތީއެވެ. 

ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް ލިބޭ ކަނޑުގެ ނުޤުޞާނުތަކަކީ، އުދައެއް ނޫނެވެ.

Print

އިންސާނާ: ކޮންމެ ފަސް އަހަރަކުން ބަދަލުވާ މަޚުލޫޤެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމް ރަޝީދު މޫސާ

މާތް ﷲ ހެއްދެވި ކޮންމެ އެއްޗަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. އެކަލާނގެ މޭސްތިރިކަމުގެ މޮޅުކަމުގެ ދަލީލެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((صُنْعَ ٱللَّـهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ(1) - (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) 

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ........ (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކައުޘަރު އަޙުމަދު ލަޠީފު 

(1 ޖުލައި 2020ގައި ޝާއިޢުކުރިބައާ ގުޅޭ)

ދަރީން ތަރުބިއްޔަތު ކުރުމުގެ ވާހަކައަކީ މުޅިދުނިޔޭގައި ދައްކާ ވާހަކައެކެވެ. ކޮންމެ ދެމަފިރިއެއްގެ ކަންބޮޑުވުމެކެވެ. އާމްދަނީ ހޯދަނީ އެކުދިންނަށްޓަކައެވެ. ބައެއް ފަހަރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އިތުރު އެހެން ވަޒީފާއެއް އަދާކުރަންޖެހޭ ހިސާބަށް ވެސް ދެއެވެ. ބައެއްފަހަރު ދެމަފިރިން އެއްކޮށް ވެސް އާމްދަނީ ހޯދަންޖެހޭ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. 

Print

ކީރިތި ޤުރްއާނުގެ ސައެންސީ އިޢުޖާޒުގެ ތެރެއިން: ދޫނިސޫފާސޫފީގެ އުދުހުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމު ރަޝީދު މޫސާ 

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ކުޅަދުންވަންތަކަން ﷲ ހެއްދެވި ކޮންމެ އެއްޗަކުން ފެނެއެވެ. ކީރިތި ޤުރްއާނުގެ ބަސްފުޅުތަކުން މި ކަންތައް އަންނަނީ  ފާޅުވަމުންނެވެ. މި ބަސްފުޅުތަކުން ފާޅުވަމުން ހާމަވަމުން އަންނަ ސައެންސީ ޙަޤީޤަތްތަކުން ކީރިތި ރަސޫލާގެ ތެދުވެރިކަން އަންނަނީ އިތުރަށް ކަށަވަރުވަމުންނެވެ. އެކަލޭގެފާނު ގެންނެވި ދީނަކީ ޙައްޤު ދީންކަން އަންނަނީ އެނގެމުންނެވެ. މި މޭރުމުން ބަލާއިރު މާތްﷲ ދޫނިސޫފާސޫތްޕަށް ދެއްވައިފައިވާ އުދުހުމުގެ ޤާބިލުކަމަކީ ސައެންސީން އެކަމާމެދު ޙައިރާންވެ އަންތަރީސް ވެފައިވާ ކަމެކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (( أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ(1) - ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. )) އެހެން އާޔަތެއްގައި އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ(2) - އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّه މެނުވީ ނުހިފަހައްޓަވަތެވެ. إيمان ވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.))  

Print

އަނގަބަހުގެ މުއާޞަލާތުގައި ކޮންމެހެން ސަމާލުކަންދޭންޖެހޭ ދިހަ ކަންތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދޭދޭ ފަރުދީ ގުޅުމުގައި އެންމެ ގިނައިން ކުރާންޖެހޭ ކަމަކީ ތިމާއާއި އަނެކަކާ ދޭތެރޭ އަނގަބުހުން މުއާޞަލާތުކުރުމެވެ. އަނގަބަހުގެ މުއާޞަލާތު މި މާނަކުރަނީ ވައިބަރާއި މި ނޫނަސް މިސްމީޑިއާގެ ހުރިހާ އޮޅިތަކެއްގައި ކުރެވޭ މުއާމާލަތްތައް ވެސް ހިމެނޭ ގޮތުންނެވެ. އަނގަބަހުގެ މުޢާމަލާތަކީ ދޭދޭ ފަރުދީ ގުޅުމުގައި އެންމެ މުހިންމު ބައެވެ. މިއީ ތިމާއާއި އަނެކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ވެސް އެންމެ މުހިންމު ވަސީލަތެވެ. އެހެންކަމުން މި ކަމުގެ މުހިންމު ބައިތަކަށް ބަލައިލާނަމެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ