ޢަލީ ނަސީރު ގދ.މަޑަވެލި
އާދެ! މިދުވަސްވަރަކީ އެކިއެކި ވަޢުދުތަކުގެ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބް ކައިރިވަމުން އަންނާތީއެވެ. މި ވަޢުދުތަކަކީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން، އެބޭބޭފުޅުންގެ ޤާބިލުކަމާއި، ކެރިފޯރުންތެރިކަން ހާމަކޮށްދެއްވުމަށްޓަކައި ވިދާޅުވަމުންގެންދަވާ ވާހަކަފުތަކެއްކަމަށް ޤަބޫލުކުރައްވާ މީހުންވެސް މަދެއްނޫނެވެ.
ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ތެޔޮފެނިއްޖެނަމަ، ފަތުރުވެރިކަން ދަށަށްދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުދަންނަވާނީ، ޤުދުރަތީވަޞީލަތްތަކާއި، މަސްނޫޢީ ވަޞީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަޞީލަތަކީވެސް "އެވަޞީލަތެއްގެ ސަބަބުން" ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއްއޮތް ކަމެއް ނޫނެވެ.