އަލްމަރުޙޫމު ޔޫސުފް މުޙަންމަދުފުޅު (1989)
ނާޒުކު ޖިންސަށް ބެލުމީ ފާފައެކޭ ތިޔަ ބުނަނީ،
ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ،
އިސްތަށިގަނޑު ރޫޅިވަޔާ، މޫރިތި ހަމަޔަށް ނެށިލާ،
ތަސްބީޙަތަކާ ގުޅިގެން ދޫ ޙަރަކާތޭ ވެވެނީ
ނުބަލައި ހުރެވޭނޭހޭ، ނިޔަނެތި މޫނެއް ދެކެފާ،
ސުބުޙާނަﷲ މަގޭ ހިތް އަދު ކުއްތަން މިވަނީ