އާދަމް ނަޞީރު އިބްރާހީމް (2009)
މި ވާހަކައިގައި ދެ ފުށް އެބަ އޮތެވެ. އެއްފުށުގައި ވަނީ، ލަދުވެތިކަމެވެ. އައިބުކަމާއި ހުތުރުކަމެވެ. އަނެއްފުށުގައިވަނީ، ތާރީޚެވެ. މާޒީއާއި ހާލެވެ. މި ކަންކަމުގެ ތެރޭން ބޭއިޚްތިޔާރުގައި އުފެދިގެން އަންނަ ހިނިއައުމެކެވެ.
އަޅުގަނޑަށް ވާހަކަ ކިޔައި ދެއްވީ، އުމުރުން އަށްޑިހަ އަހަރުގެ މުޙުތަރަމު ބޭކަލެކެވެ. އޭނާ ބުނުއްވި ގޮތުގައި މިކަމެއް ހިނގީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު އެވެ. ދުވަސްވަރަކީ، މާލޭގެ ގޯތިގޯތީގައި ވަށައިފާރު އޮތް ދުވަސްވަރެއް ނޫނެވެ. ފުޅަފުގެ ދުވަސް ވަރެވެ. ގެރިބަކަރި މާލޭތެރެއަށް ދޫކޮށްލެވިފައި އޮތް ދުވަސްވަރު ވެސް މެ އެވެ.