ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002) (19 ޖަނަވަރީ 2011، ބުދައާ ގުޅޭ)
ހަނގުރާމަ ކުރިއަށް ދިޔައެވެ. އެއީ ވަރަށް ދިގު، ވަރުބަލިކުރުވަނިވި، ފޫހިކުރުވަނިވި ހަނގުރާމައެކެވެ. ޚުއްރަމަކީ އެހެން ޝެހެޒާދާއެއް ނަމަ މިހާރު ހަނގުރާމައިން ނުކުންނާނެ ނަތީޖާއަކަށް އިންތިޒާރުކުރެއްވުމެއް ނެތި އެނބުރި، ވަޑައިގެންފީހެވެ. އެކަމަކު ޚުއްރަމް ހުވާކުރައްވައިފައި ވަނީ ރާނާ ހައްޔަރު ކުރެއްވުމަށެވެ. ނުވަތަ މުޅި އުމުރުފުޅު ހަނގުރާމަ ކުރެއްވުމުގައި ދެމިހުންނެވުމަށެވެ. އެމަނިކުފާނު، ވަރުބަލިފުޅު ނުވާ އަނެއް ސަބަބަކީ ކޮންމެ ދިހަވަރަކަށް ފަނަރަވަރަކަށް ދުވަހުން ޝާހު ބާނޫގެ ދިގު، ލޯބީގެ ސިޓީއެއް